215
0

ބޮޑުތަފާތަކުން މޮޅުވެ ބީސީ ބޯއީސް ފުރުސަތު ބޮޑުކޮށްފި

215
0

އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ ތިންވަނަ ރޭގެ ދެވަނަ މެޗް، މުބާރާތުގެ 6 ވަނަ މެޗްގައި ބައްދަލުކުރީ ގްރޫޕް ބީގެ ބީސީ ބޯއީސް އާއި ޒެގްއެވެ.

މިއީ މިމުބާރާތުގައި މިދެޓީމުގެވެސް ދެވަނަ މެޗެވެ. ބީސީ ބޯއީސް ވަނީ އެޓީމުގެ ފުރަތަމަ މެޗްގައި ޑީކެޑްސް އަތުން ބަލިވެފައެވެ. އަދި ޒެގް ބަލިވެފައިވަނީ ޓައިޓަންސް އާރުސީ އަތުންނެވެ. ވުމާއެކު މުބާރާތުގައި ކުރިއަށް ދިއުމަށް މިމެޗަކީ ދެޓީމަށްވެސް ވަރަށް މުހިއްމު މެޗެކެވެ.

މިމުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑުތައް ފެނިގެންދިޔަ މިމެޗްގައި ފުރަތަމަ ލަނޑު ޖަހައި ލީޑްނެގީވެސް ބީސީ ބޯއީސްއެވެ. މިލަނޑް ފުރަތަމަހާފްގެ 13 ވަނަ މިނެޓްގައި ޖަހައިދިނީ ސިންދުބާދުއެވެ. ބީސީގެ ދެވަނަ ލަނޑު 19 ވަނަ މިނެޓްގައި ޖަހައިދިނީ ސަދީމްއެވެ. އަދި އިތުރުވަގުތުގައި ލީޑް އިތުރަށް ފުޅާކޮށްދިނީ ނައުފަލްއެވެ. މިހާފް ނިމިގެންދިޔައީ ތިންލަނޑުން ބީސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްފެށިގެން 4 ވަނަ މިނެޓްގައި ޒެގްއަށް ފަރަގު ކުޑަކޮށްދިނީ އަފްރާހްއެވެ. އޭގެ 2 މިނެޓް ފަހުން ސިންދުވަނީ މިމެޗްގައި އޭނާގެ ވަނަ ލަނޑު ޖަހައިދީ މެޗްގެ ނަތީޖާ 4-1 އަށް ބަދަލުކޮށްލަދީފައެވެ. މެޗްގައި ބީސީގެ ފަސްނަވަ ލަނޑު ފަހުހާފުގެ 9 ވަނަ މިނެޓްގައި ޖަހައިދިނީ ދެވަނަ ލަނޑުވެސް ޖަހައިދިން ނަދީމްއެވެ. މިނަތީޖާ އާއެކު މެޗް ނިމިގެންދިޔައީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބީސީ މެޗް ކާމިޔާބު ކޮށްގެންނެވެ. މިނަތިޖާއާއެކު ބީސީއަށް މުބަރާތުގައި ކުރިއަށްދިއުމަށް ފުރުސަތު ބޮވެގެން ދިޔައިރު ޒެގްއަށް ވަނީ އެޓީމުގެ އަމިއްލަ ބާރު ކެނޑިފައެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބީސީ ބޯއީސްގެ ޖަޒީނަމްބަރ 7 ސިންދުބާދުއެވެ.

މިމުބާރާތުގައި ބީސީ ބޯއީސްގެ މެޗެއް ދެންއޮންނާނީ 27 ފެބްރުއަރީ ގައެވެ. މާދަމާރޭ 21:30 ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބީސީ ބޯއީސް ނިކުންނާނީ ޓައިޓަންސް އާއި ދެކޮޅަށެވެ.

މިމުބާރާތުގައި ޒެގްގެ މެޗެއް ދެން އޮންނާނީ 28 ފެބްރުއަރީ ގައެވެ. ބުދަ ދުވަހުގެރޭ 21:30 ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ޒެގް ނިކުންނާނީ ގްރޫޕްގެ އެންމެވަރުގަދަ އެއްޓީމް ޑީކެޑްސް އާއި ދެކޮޅަށެޗެ.

މިމެޗްގެ ފޭސްބުކް ލައިވް ބައްލަވާ ލެވުމަށް

https://www.facebook.com/UngoofaaruUfaa/videos/856578262905408

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *