786
0

ރައީސުލް ޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިޒް އަންނަ ހަފްތާގައި އުނގޫފާރަށް ވަޑައިގަންނަވަނީ

786
0

ދިވެހި ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިޒް އަންނަ ހަފްތާގައި ރަސްމީ ދަތުރުފުޅެއްގައި އުނގޫފާރަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. އުނގޫފާރު ކައުންސިލުން މިއަދު އުނގޫފާރުގައި ހުރި ދައުލަތާއި ސަރުކާރުގެ މުއައްސަސާތަކާއި ކްލަބު ޖަމިއްޔާތަކާއި އުނގޫފާރުގައި ހަރަކާތްތެރިވާ ސިޔާސީ ބޮޑު ދެޕާޓީގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުމުގައި ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މާޗު ފުރަތަމަ ހަފްތާތެރޭ، 2 ނުވަތަ 3 ވަނަ ދުވަހު ރައީސް އުނގޫފާރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއަދު ބޭއްވި މިބައްދަލުވުމުގެ ބޭނުމަކީވެސް ރައީސްގެ ދަތުރުފުޅާއި ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިގެން ގޮސްފައިވަނީ ދެކަމެއްގައެވެ. އެއީ ރައީސް އުނގޫފާރަށް ވަޑައިގަތުމުން ރައްޔިތުންގެ ފަރާތުން ސަރުކާރުގައި އެދޭނެ، ރައްޔިތުންގެ ކަންބޮޑުވުންހުރި ކަންތައްތަކާއި އަދި ރައީސަށް މަރުހަބާ ދެއްނެވުމާއި ގުޅޭގޮތުންނެވެ.

މިއީ ރިއާސީ އިންތިހާބުގެ ކެމްޕެއިނަށްފަހު ރައީސް ޑރ މުހައްމަދު މުއިޒް އުނގޫފާރަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މިދަތުރުފުޅުގައި ރ އަތޮޅުގެ އެހެން ބައެއް ރަށްތަކަށްވެސް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. ރައީސް މިވަގުތުވެސް ވަޑައިގެން އުޅުއްވަނީ އުތުރުގެ ހަތަރު އަތޮޅަށް ކުރައްވާ ރަސްމީ ދަތުރު ފުޅެއްގައެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *