ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯ އިން އުނގޫފާރުގައި ހިންގަމުންދާ ފާމަސީއަށް ރީޖަނަލް ފާމަސީ މެނޭޖަރަކު ހޯދަން އެކުންފުނިން އިއުލާނުކޮށްފިއެވެ.
ސާދަހާސް ރުފިޔާ އާއި ސަތާރަ ހާސްރުފިޔާ އާއިދެމެދުގެ އަސާސީ މުސާރަހިމެނޭ މިވަޒީފާގައި އިތުރުގަޑިގެ ފައިސާއާއި އިތުރަށް މަސައްކަތްކުރާ ދުވަސްތަކަށް އެލަވަންސްލިބެއެވެ. އަދި ހެލްތު އިންސުއަރެންސްވެސް ހަމަޖެހިގެންދާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މަޤާމުގެ ޝަރުތެއްކަމަށް ކަނޑައަޅާފައިވަނީ ބިޒްނަސް ނުވަތަ ސޭލްސް ނުވަތަ ގުޅުންހުރި ދާއިރާއިން ބެޗެލަރސް ޑިގްރީއެއް އޮތުމެވެ. ނުވަތަ ޑިޕްލޮމާއެއް އޮތުމެވެ.
މިފަޒީފާގެ ސުންގަޑިއަކީ ފެބްރުއަރީ 28 ވަނަ ދުވަހުގެ 12:30 އެވެ.
ވަޒީފާގެ މައުލޫމާތު ހިމެނޭ ލިންކް