178
0

އަމީގޯސް ބަލިކޮށް އޮރިން ސެމީއާއި ގާތަށް

178
0

އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ ހަތަރު ވަނަ ރޭގެ ފުރަތަމަ މެޗް، މުބާރާތުގެ 7 ވަނަ މެޗްގައި ބައްދަލުކުރީ ގްރޫޕްއޭގެ ދި އަމީގޯސް އަދި ޓީމް އޮރިއެވެ. މިއީ މިމުބާރާތުގައި މިދެޓީމުގެވެސް ދެވަނަ މެޗެވެ. މިދެޓީމުވެސް މުބާރާތުގެ ފުރަތަމަ މެޗު އެއްވަރުކޮށް ޕޮއިންޓެއްވަނީ ހޯދާފައެވެ.

ރޭގެ މިމެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ އަމީގޯސް އިންނެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ރުސްދާންއެވެ. ޓީމް އޮރިއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހުސައިން ރިމާޒްއެވެ. ދެވަނަ ފަހަރަށް އަމީގޯސް އަށް ލީޑް ނަގައިދިނީ މަމްޝޫގްއެވެ. މަމްޝޫގްގެ ލަނޑަށްފަހު މިނިޓެއްވެސް ނުވަނީސް ދެވަނަ ފަހަރަށް އޮރިއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މަމްދޫހު (މަންޑޭ) އެވެ. މެޗުން އޮރި މޮޅުވި ލަނޑު ޖަހައިދިނީ ހުސައިން ރިމާޒްއެވެ.

މިމެޗުގައި 3-2 އަމީގޯސްގެ މައްޗަށް އޮރި މިހޯދި ކާމިޔާބާއެކު އެޓީމު މިވަނީ ސެމީއާއި ޕޮއިންޓަކަށް ގާތައްޖެހިލާފައެވެ. ސެމީގެ ފުރުސަތު ހޯދުމުގެ އަމިއްލާބާރު އަމީގޯސްއަށް ހަނިވަމުންދާއިރު މިރޭ ކޭޑީ އަދި ޕޮލިސް މެޗްގެ ނަތީޖާ އަކީ އެދެޓީމާއިި އެއްވަރަށް އަމީގޯސްއަށްވެސް ވަރަށް މުހިއްމު ނަތީޖާއެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އޮރީގެ ޖަޒީނަމްބަރ 7 ހުސައިން ރިމާޒްއެވެ.

މިމުބާރާތުގައި ޓީމް އޮރީގެ ގްރޫޕް ސްޓޭޖްގެ ފަހުމެޗްގައި މާދަމާރޭ 20:30 ގައި ނިކުންނާނީ ކޭޑީ އެފްޓީ އާއި ދެކޮޅަށެވެ. ދި އަމީގޯސް އެޓީމުގެ ފަހުމެޗްގައި 29 ވަނަ ދުވަހުގެރޭ ފުރަތަމަ މެޗުގައި ނިކުންނާނީ ޕޮލިސް އެފްސީ އާއި ދެކޮޅަށެވެ.

މިމެޗްގެ ފޭސްބުކް ލައިވް ބައްލަވާ ލެވުމަށް

https://www.facebook.com/UngoofaaruUfaa/videos/779657040751135

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *