503
0

ޑީކެޑްސް އިން އެޓީމުގެ ފެންވަރު ދައްކާލައިފި

503
0

އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ ހަތަރު ވަނަ ރޭގެ ދެވަނަ މެޗް، މުބާރާތުގެ 8 ވަނަ މެޗްގައި ބައްދަލުކުރީ ގްރޫޕް ބީގެ ޑީކެޑްސް އަދި ނިއު ސްޓަރއެވެ. މިއީ މިމުބާރާތުގައި މިދެތީމުގެވެސް ދެވަނަ މެޗްވެ.

ގިނަލަނޑު ތަކެއް ފެނިގެން ދިޔަ މިމެޗްގައި ފުރަތަމަ ހާފްގައި ޑީކެޑްސް އިންވަނީ 9 ލަނޑު ޖަހާފައެވެ. ފަހުހާފުގައި 10 ގޯލް ޖަހައި ޖުމުލަ 19-0 ނިއު ސްޓަރގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން މިވަނީ ކުރިހޯދާފައެވެ.

މިމެޗްގައި ޑީކެޑްސްގެ މުހައްމަދު ސައިފް އާއި ކެޕްޓަން އަލީ އުނައިސް އާއި މުހައްމަދު މަދުހޫން އަދި ސައުދުﷲ ހުސައިން މިއިން ކޮންމެ ކުޅުންތެރިއަކުވަނީ އެއް ލަނޑު ޖަހާފައެވެ. އުޒައިރު ހަސަން 2 ލަނޑު އަދި ޔާސީން ފިރާޤް އާއި އަހުމަދު ނާހިދު (ނާޑް) ވަނީ 4 ލަނޑު ޖަހާފައެވެ. މެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމު ހޯދި އަހުމަދު ބައްސާމުވަނީ 5 ލަނޑު ޖަހާފައެވެ.

މިމުބާރާތުގައި ޑީކެޑްސްގެ މެޗެއް ދެންއޮންނާނީ 28 ފެބްރުއަރީ ގައެވެ. މާދަމާރޭ 21:30 ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ޑީކެޑްސް ނިކުންނާނީ ޒެގް އާއި ދެކޮޅަށެވެ.

މިމުބާރާތުގައި ނިއު ސްޓަރގެ މެޗެއް ދެން އޮންނާނީ 29 ފެބްރުއަރީ ގައެވެ. ބުރާސްފަތި ދުވަހުގެރޭ 21:30 ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ނިއު ސްޓަރ ނިކުންނާނީ ބީސީ ބޯއީސް އާއި ދެކޮޅަށެޗެ.

މިމެޗްގެ ފޭސްބުކް ލައިވް ބައްލަވާ ލެވުމަށް

https://www.facebook.com/UngoofaaruUfaa/videos/398677446116504

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *