293
0

ކޭޑީ އެފްޓީ ބަލިކޮށް ޕޮލިސް ސެމީއާއި ގާތަށް

293
0

އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ ފަސްވަނަ ރޭގެ ފުރަތަމަ މެޗް، މުބާރާތުގެ 9 ވަނަ މެޗްގައި ބައްދަލުކުރީ ގްރޫޕްއޭގެ ޕޮލިސް އެފްސީ އަދި ކޭޑީ އެފްޓީއެވެ. މިއީ މިމުބާރާތުގައި މިދެޓީމުގެވެސް ދެވަނަ މެޗެވެ. މިދެޓީމުވެސް މުބާރާތުގެ ފުރަތަމަ މެޗު އެއްވަރުކޮށް ޕޮއިންޓެއްވަނީ ހޯދާފައެވެ.

ރޭގެ މިމެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ޕޮލިސް އެފްސީ އިންނެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ނަޒްމީއެވެ. ޕޮލިސްގެ ދެވަނަ ލަނޑު 10 ވަނަ މިނެޓްގައި ޖަހައިދިނީ ވެސް ނަޒްމީއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕޮލިސް ވަނީ އިތުރު ލަނޑެއްޖަހާ ލީޑް އިތުރަށް ފުޅާކޮށްފައެވެ. މިލަނޑު 18 ވަނަ މިނެޓްގައި ޖަހައިދިނީ އަނަސްއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ކޭޑީއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީ އުއްމީދު އާކޮށްދިނީ 20 ވަނަ މިނެޓްގައި ފަޒްލާން ޖަހައިދިން ލަނޑުންނެވެ. މިލަނޑާއެކު ފުރަތަމަ ހާފް ނިމިގެންދިޔައީ 3-1 ޕޮލިސް ކުރީގައި އޮވެގެންނެވެ.

ފަހުހާފުގެ 11 ވަނަ މިނިޓްގައި ޕޮލިސް އެފްޓީގެ 4 ވަނަ ލަނޑު ޖަހައިދީ ލީޑް އިތުރަށް ފުޅާކޮށްދިނީ ކަލީމްއެވެ. ކަލީމްގެ މިލަނޑަށްފަހުވެސް ހިތްވަރާއެކު ކުޅެމުންދިޔަ ކޭޑީއަށް ފަރަގު ކުޑަކޮށްދިނީ ވިހިވަނަ މިނެޓްގައި ލިބުނު ހިލޭޖެހުމަކުން އަލީ އަރުޝަދުއެވެ. ވަރަށް ފޯރިގަދަ އަދި ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މިޗްގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ދެޓީމަށްވެސް ލިބިގެން ގޮސްފައިވެއެވެ. މެޗްނިމިގެން ދިޔައީ 4-2 ން ޕޮލިސް މެޗް ކާމިޔާބިކޮށްގެންނެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް އެފްސީގެ ޖަޒީނަމްބަރ 13 އަލީ ނަޒްމީއެވެ.

މިމުބާރާތުގައި ކޭޑީ އެފްޓީގެ ގްރޫޕް ސްޓޭޖްގެ ފަހުމެޗްގައި މިރޭ 20:30 ގައި ނިކުންނާނީ ޓީމް އޮރި އާއި ދެކޮޅަށެވެ. ޕޮލިސް އެފްސީ އެޓީމުގެ ފަހުމެޗްގައި 29 ވަނަ ދުވަހުގެރޭ ފުރަތަމަ މެޗުގައި ނިކުންނާނީ ދި އަމީގޯސް އާއި ދެކޮޅަށެވެ.

މިމެޗްގެ ފޭސްބުކް ލައިވް ބައްލަވާ ލެވުމަށް

https://www.facebook.com/UngoofaaruUfaa/videos/431624105888081

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *