215
0

ފަހުވަގުތު ބީސީ ބޯއީސް ޓައިޓަންސް ހުއްޓުވައިފި

215
0

އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ ފަސްވަނަ ރޭގެ ދެވަނަ މެޗް، މުބާރާތުގެ 10 ވަނަ މެޗްގައި ބައްދަލުކުރީ ގްރޫޕްބީގެ ބީސީ ބޯއީސް އާއި ޓައިޓަންސް އާރުސީ އެވެ. މިއީ މިމުބާރާތުގައި މިދެޓީމުގެވެސް ތިންވަނަ މެޗެވެ. ޓައިޓަންސް ވަނީ ކުޅުނު ދެމެޗް ކާމިޔާބުކޮށް 6 ޕޮއިންޓް ހޯދާފައެވެ. ބީސީ ވަނީ ފުރަތަމަ މެޗުގައި ޑީކެޑްސް އަތުބަލިވިއަސް ދެވަނަ މެޗްގައި ޒެގް އަތުން މޮޅުވެ 3 ޕޮއިންޓް ހޯދާފައެވެ.

މުބަރާތުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ފޯރިގަދަ މެޗްގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ގިނަފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ. ޓައިޓަންސްވަނީ ފުރަތަމަ ދެ ލަނޑު ޖަހާ ލީޑް ފުޅާކޮށްފައެވެ. ޓައިޓަންސްގެ ލަނޑުތައް ޖަހައިދިނީ އިޒާން އާއި ލުގުމާންއެވެ. ބީސީން ނަތީޖާ ހަމަހަމަކުރީ ފަހަތުން އަރައި ޖެހި ދެ ލަނޑުންނެވެ. ޓައިޓަންސް މެޗުން މޮޅުވާންދަނިކޮށް މެޗުގެ އިތުރުވަގުތުގެ ތެރޭގައި ދެވަނަ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނީވެސް މިމެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމުވެސް ހޯދީ މިފްރާހް ވަހީދު (މިއްޕެ) އެވެ.

މިމުބާރާތުގައި ބީސީ ބޯއީސް ގްރޫޕް ސްޓޭޖްގެ ފަހުމެޗްގައި މާދަމާރޭ 21:30 ގައި ނިކުންނާނީ ނިއު ސްޓަރ އާއި ދެކޮޅަށެވެ. ޓައިޓަންސް އެޓީމުގެ ފަހުމެޗްގައި މާޗް 1 ވަނަ ދުވަހުގެރޭ ފުރަތަމަ މެޗުގައި ނިކުންނާނީ ޑީކެޑްސް އާއި ދެކޮޅަށެވެ.

މިމެޗްގެ ފޭސްބުކް ލައިވް ބައްލަވާ ލެވުމަށް

https://www.facebook.com/UngoofaaruUfaa/videos/814846200461708

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *