845
0

އޮރި ބަލިކޮށް ސެމީގެ ފުރަތަމަ ޖާގަ ކޭޑީ ކަށަވަރު ކޮށްފި

845
0

އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ ހަވަނަ ރޭގެ ފުރަތަމަ މެޗް، މުބާރާތުގެ 11 ވަނަ މެޗްގައި ބައްދަލުކުރީ ގްރޫޕް އޭގެ ކޭޑީ އެފްޓީ އާއި ޓީމު އޮރިއެވެ. މިއީ މިމުބާރާތުގައި މިދެޓީމުގެވެސް ފަހުމެޗެވެ. މިމެޗަށް ނިކުތްއިރު ޓީމް އޮރި ވަނީ ކުޅުނު ދެމެޗުގެ ތެރެއިން އަމީގޯސްގެ މެޗް ކާމިޔާބުކޮށް ޕޮލިސްމެޗް ޑްރޯކޮށް 4 ޕޮއިންޓް ހޯދާފައެވެ. ކޭޑީ އެފްޓީ ވަނީ ކުޅުނެ ދެމެޗުގެ ތެރެއިން އަމީގޯސް އާއި އެއްވަރުވެ ޕޮލިސް އަތުން ބަލިވަފައެވެ. ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މިމެޗަށް ނިކުތްއިރު ކޭޑީ އަށް މޮޅުވުން ނޫން އިތުރު ގޮތެއްނެތް އިރު ޓީމް އޮރިއަށް ޕޮއިންޓަކުން ފުއްދާލެވެން އޮތްތެވެ.

ފޯރިގަދަ މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ގިނަފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ. މެޗްގައި ފުރަތަމަ ލަނޑުޖަހާ ލީޑްނެގީވެސް ކޭޑީ އެފްޓީންނެވެ. ފުރަތަމަ ހާފްގެ 15 ވަނަ މިނެޓްގައި މިލަނޑު ޖަހައިދިނީ ޝަންޓޭއެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ މިނަތީޖާއިން ކޭޑީ ކުރީގަ އޮވެގެންނެވެ.

އޮރިން ނަތީޖާ ހަމަހަމަ ކުރީ ދެވަނަހާފުގެ 6 ވަނަ މިނެޓްގައި މަންޑޭ ޖަހައިދިން ލަނޑުންނެވެ. 9 ވަނަ މިނެޓްގައި ދެވަނަ ފަހަރަށް ކޭޑީއަށް ލީޑް ނަގައިދިނީ އިލްހާމްއެވެ. ދެވަނަ ލަނޑަށް މިނެޓެއްވެސް ނުވަނީސް ޝަންޓޭވަނީ ކޭޑީގެ ލީޑް އިތުރަށް ފުޅާކޮށްދީ ނަތީޖާ 3-1 އަށް ބަދަލުކޮށްދީފައެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ޝަންޓޭ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗްގެ އިތުރުވަގުތުގައި ޖަހައިދިން ލަނޑުންނެވެ.

4-1 ޓީމުގެ އޮރީގެ މަށްޗައް ކޭޑީން ހޯދި މޮޅާއެކު އެޓީމް މިވަނީ ސެމީން ޖާގައެއް ކަށަވަރު ކޮށްފައެވެ. މިގުރޫޕުން ސެމީގެ އަނެއްޖާގަ އަށް ވާދަކުރާ ދި އަމީގޯސް އަދި ޕޮލިސްގެ މެޗް ކުޅެވޭނީ މިރޭ 20:30 ގައެވެ. ދެ ލަނޑުގެ ތަފާތަކުން މޮޅުވެގެން ނޫންގޮތަކަށް ސެމީގެ ޖާގައެއް އަމީގޯސް އަށް ނެތް އިރު ޕޮއިންޓަކުން ފުއްދާލައިގެންވެސް ގުރޫޕްގެ އެއްވަނަ ޓީމުގެގޮތުގައި ސެމީގެ ޖާގަ ހޯދުމުގެ ފުރުސަތު ޕޮލިސް ޓީމަށް އެބައޮތެވެ.

މިމުބާރާތުގައި މިރޭގެ ފަހުމެޗްގައި ބައްދަލުކުރާނީ ނިއު ސްޓަރ އާއި ބީސީ ބޯއީސްއެވެ.

މިމެޗްގެ ފޭސްބުކް ލައިވް ބައްލަވާ ލެވުމަށް

https://www.facebook.com/UngoofaaruUfaa/videos/1551500909034425

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *