އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ ހަވަނަ ރޭގެ ދެވަނަ މެޗް، މުބާރާތުގެ 12 ވަނަ މެޗްގައި ބައްދަލުކުރީ ގްރޫޕް ބީގެ ޑީކެޑްސް އާއި ޒެގްއެވެ. މިއީ މިމުބާރާތުގައި މިދެޓީމުގެވެސް ތިންވަނަ މެޗެވެ. މިމެޗަށް ނިކުތްއިރު ޑީކެޑްސްވަނީ ކުޅުނު ދެމެޗްވެސް ކާމިޔާބުކޮށް 6 ޕޮއިންޓް ހޯދާފައެވެ. ޒެގް ދެމެޗުންވެސް ވަނީ ބަލިވެފައެވެ.
މެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 9 ވަނަ މިނެޓްގައި ޖަހައިދިނީ ސާއިފްއެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ މިނަތީޖާއިން ޑީކެޑްސް ކުރީގައި އޮވެގެންނެވެ. ޑިކެޑްސްގެ ދެވަނަ ލަނޑު 4 ވަނަ މިނެޓްގައި ޖަހައިދިނީ ސައުދުއްﷲ އެވެ. އަދި ތިންވަނަ ލަނޑު 15 ވަނަ މިނެޓްގައި ޖަހައިދިނީ ނާޑްއެވެ.
3-0 ގެ ނަތީޖާއިން ޒެގްގެ މަށްޗައް ޑީކެޑްސްއިން ހޯދި މޮޅާއެކު އެޓީމް މިވަނީ ސެމީން ޖާގައެއް ކަށަވަރު ކޮށްފައެވެ. މިގުރޫޕުން ސެމީގެ އަނެއްޖާގަ އަށް ވާދަކުރަނީ ޓައިޓަންސް އާރުސީ އަދި ބީސީ ބޯއީސްއެވެ. ޓައިޓަންސް އެޓީމުގެ ފަހުމެޗްގައި މާދަމާރޭ 20:30 ގައި ނިކުންނާއި ޑީކެޑްސް އާއި ދެކޮޅަށެވެ. ބީސީ ބޯއީސްގެ ފަހުމެޗްގައި މިރޭ 21:30 ގައި ނިކުންނާއި ނިއު ސްޓަރ އާއި ދެކޮޅަށެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީކެޑްސްގެ ޖާޒީނަމްބަރ 7 އަހުމަދު ބައްސާމްއެވެ.
މިމެޗްގެ ފޭސްބުކް ލައިވް ބައްލަވާ ލެވުމަށް
https://www.facebook.com/UngoofaaruUfaa/videos/382016798094511