އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ ހަތްވަނަ ރޭގެ ފުރަތަމަ މެޗް، މުބާރާތުގެ 13 ވަނަ މެޗްގައި ބައްދަލުކުރީ ގްރޫޕް އޭގެ ދި އަމީގޯސް އާއި ޕޮލިސް އެފްސީއެވެ. މިއީ މިމުބާރާތުގައި މިދެޓީމުގެވެސް ފަހުމެޗެވެ. މިމެޗަށް ނިކުތްއިރު ދި އަމީގޯސް ވަނީ ކުޅުނު ދެމެޗުގެ ތެރެއިން ކޭޑީ އެފްޓީ މެޗް އެއްވަރުކޮށް އޮރި އަތުން ބަލިވެފައެވެ. ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ޕޮލިސް އެފްސީ ވަނީ ކުޅުނެ ދެމެޗުގެ ތެރެއިން އޮރި އާއި އެއްވަރުވެ ކޭޑީ އަތުން މޮޅެވެފައެވެ. ލިބިފައިވަނީ 4 ޕޮއިންޓެކެވެ.
މިމެޗަށް ނިކުތްއިރު ދި އަމީގޯސް އަށް ދެ ލަނޑުގެ ތަފާތުން މޮޅުވުން ނޫން އިތުރު ގޮތެއްނެތް އިރު ޕޮލިސް ޓީމަށް އެއްލަނޑުގެ ތަފާތުން ބަލިވިއަސް ސެމީގެ ޖާގައެއް ކަށަވަރުވާނެއެވެ.
ފޯރިގަދަ މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ގިނަފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ. މެޗްގައި ފުރަތަމަ ލަނޑުޖަހާ ލީޑްނެގީ ޕޮލިސްއެވެ. ފުރަތަމަ ހާފްގެ 5 ވަނަ މިނެޓްގައި މިލަނޑު ޖަހައިދިނީ ނަޒްމީއެވެ. ނަތީޖާ ހަމަކުރުމަށް ޓެގަށް ލިބުނު ޕެނަލްޓީ ބޭނުން ހިފޭގޮތެއް ނުވިއެވެ. މަފާޒް ފޮނުވާލި ޕެނަލްޓީ ދިޔައީ ކަނާތްފަރާތު އަރިމަތިން މަތީކަނާދިމާލުން ބޭރަށެވެ. މެޗްގެ 14 ވަނަ މިނެޓްގައި ނަތީޖާ ހަމަކޮށްދިނީ އިޝާން (ތަޑޭ) އެވެ. އޭގެ ތިންމިނެޓް ފަހުން ދެވަނަ ފަހަރަށް ޕޮލިހަށް ލީޑް ނަގައިދިނީ ކެޕްޓަން އިބްރާހީމް އިސްމާއީލް (މަލާ) އެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ މިނަތީޖާއިން ކޭޑީ ކުރީގަ އޮވެގެންނެވެ.
ދެޓީމުގެ ފަރާތުންވެސް ފެންނަމުންދިޔަ ފިޒިކަލީ ވަރުގަދަ ކުޅުމެކެވެ. ހާފު ނިމެންދަނިކޮށް ޓެގަށް ލިބުނު އެންމެ ބޮޑު ހިތްދަތިކަމަކީ އެންމެ އިތުބާރު ކުޅުންތެރިޔާ ތަޑޭއަށް އަނިޔާވެ ކުޅުމާއި ވަކިވާން ޖެހުމެވެ. ތަޑޭ ވަނީ އިތުރު ފަރުވާއަށް ވަގުތުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ދެވަނަ ހާފްގައިވެސް ފެނިގެން ދިޔައީ ފޯރިގަދަ ކުޅުމެކެވެ. ރެފްރީގެ ނިންމުންތަކަށް ދެޓީމުގެ ފަރާތުންވެސް ކުރިމަތި ވަމުންދިޔަ ހިތްހަމަ ނުޖެހުންތަކާއެކު ކުޅުމުގެ ފޯރި އާއި ސަޕޯޓަރުންގެ ފޯރިވެސް ފެނުނީ ތަފާތުކޮށެވެ. މެޗުނިމިގެން ދިޔައީ ފުރަތަމ،ަ ހާފުގައި ޖެހިލަނޑު ތަކާއެކު 2-1 ޕޮލިސް މެޗް ކާމިޔާބު ކޮށްގެންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ޓީމްގެ އަލި ނަޒްމީއެވެ.
މިމެޗާއެކު ގުރޫޕް އޭ ގެ ހުރިހައި މެޗެއްކުޅެ ނިމުނީއެވެ. ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދީ ޕޮލިސް އެފްސީއެވެ. ދެވަނަ ޓީމުގެ ގޮތުގައި ޖާގަ ހޯދީ ކޭޑީ އެފްޓީއެވެ. ސެމީގައި ކޭޑީ ބައްދަލުކުރާނީ ޑީކެޑްސް އާއެވެ. ޕޮލިސް ބައްދަލުކުރާނެ ޓީމެއް އެނގިގެންދާނީ މިރޭ ޑިކެޑްސް އަދި ޓައިޓަންސް އާރުސީ މެޗްގެ ނަތީޖާ ނިކުން ގޮތަކުންނެވެ.
މިމުބާރާތުގައި މިރޭ ކުޅެވޭނީ ގުރޫޕް ސްޓޭޖްގެ ފަހުމެޗްތަކެވެ. މިރޭގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޓައިޓަންސް އާރުސީ އަދި ޑިކެޑްސްއެވެ. ފަހުމެޗްގައި ބައްދަލުކުރާނީ ނިއު ސްޓަރ އާއި ޒެގްއެވެ.
މިމެޗްގެ ފޭސްބުކް ލައިވް ބައްލަވާ ލެވުމަށް
https://www.facebook.com/UngoofaaruUfaa/videos/1134895214349151