501
0

ޓައިޓަންސް އަށް މޮޅު ނުވެވުމުން ކުޅިބަލަން ތިބި ބީސީ ބޯއީސް ސެމީއަށް

501
0

އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ އަށްވަނަރޭގެ ފުރަތަމަ މެޗް، މުބާރާތުގެ 15 ވަނަ މެޗްގައި ބައްދަލުކުރީ ގްރޫޕް ބީގެޑީކެޑްސް އާއި ޓައިޓަންސް އާރުސީއެވެ. މިއީ މިމުބާރާތުގައި ދެޓީމުގެވެސް ފަހުމެޗެވެ. މިމެޗަށް ނިކުތްއިރު ޑީކެޑްސް ވަނީ ކުޅުނު ތިންމެޗުވެސް މޮޅުވެ ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ. ޓައިޓަންސް އަށް ސެމީގެ ޖާގަ އެއް ކަށަވަރު ކުރުމަށްޓަކައި ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

މިޗްގައި ޑީކެޑްސްގެ ލަނޑުތައް ޖަހައިދިނީ ފުރަތަމަ ހާފްގެ 3 ވަނަ މިނެޓްގައި ނާޑު ، 19 ވަނަ މިނެޓްގައި ޔާސީން އަދި ދެވަނަ ހާފްގެ އިތުރު ވަގުތުގައި އަލީ އީމާން އެވެ. ޓައިޓަންސްގެ ހަމައެކަނި ލަނޑު ފަހުހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ އިފްލާހްއެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ޓައިޓަންސް އާރުސީގެ ކީޕަރ އަހުމަދު އަނޫފްއެވެ.

ޑީކެޑްސް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދީ ކުޅުނު ހަތަރުމެޗުން މޮޅުވެ 12 ޕޮއިންޓާއެކުއެވެ. ދެވަނަ ހޯދީ ބީސީ ބޯއީސްއެވެ. އެއީ ދެމެޗުން މޮޅުވެ އެއްމެޗު އެއްވަރުވެ އެއްމެޗުން ބަލިވެ ލިބުނު 7 ޕޮއިނާއެކު ގޯލް ތަފާތުން ޓައިޓަންސް ގެ މައްޗަށް ކުރިހޯދައިގެންނެވެ.

މުބާރާތުގައި މިރޭ ކުޅެވޭނީ ސެމީފައިނަލްގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޕޮލިސް އެފްސީ އާއި ބީސީ ބޯއީސްއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ޑީކެޑްސް އަދި ކޭޑީ އެފްޓީއެވެ.

މިމެޗްގެ ފޭސްބުކް ލައިވް ބައްލަވާ ލެވުމަށް

https://www.facebook.com/UngoofaaruUfaa/videos/1095106525041663

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *