533
0

ޒެގް މުބާރާތް ނިންމާލީ މޮޅަކުން

533
0

އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ އަށްވަނަރޭގެ ދެވަނަ މެޗް، މުބާރާތުގެ ގުރޫޕް ސްޓޭޖްގެ ފަހުމެޗު ގައި ބައްދަލުކުރީ ގްރޫޕް ބީގެ ޒެގް އަދި ނިއު ސްޓަރއެވެ. ދެޓީމުވެސް މިމުބާރާތުގައި ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ.

މެޗްގެ ފުރަތަމަ ހާފްގައި 7 ލަނޑު ދެވަނަ ހާފްގައި 11 ލަނޑު ފެނިގެން ގޮސްފައިވެއެވެ. ޒެގް ގެ ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ އިސްމާއީލް އަހުމަދު (މެސީ) 13 ލަނޑު މިފްސާހް 2 ލަނޑު އަދި މުރުތަލާ މުހައްމަދު (މުރޭ) އެއް ލަނޑެވެ.

ނިއު ސްޓަރގެ ދެލަނޑުގެ ތެރެއިން އެއްލަނޑު ކާމިޔާބުކޮށްދިނީ ކީޕަރ ޔޫނުސް އެވެ. އެއީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިން ލަނޑެކެވެ. އަނެއްލަނޑު ޖަހައިދިނީ ތޯއިފްއެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒެގްގެ އިސްމާއީލް އަހުމަދުއެވެ.

މުބާރާތުގައި މިރޭ ކުޅެވޭނީ ސެމީފައިނަލްގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޕޮލިސް އެފްސީ އާއި ބީސީ ބޯއީސްއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ޑީކެޑްސް އަދި ކޭޑީ އެފްޓީއެވެ.

މިމެޗްގެ ފޭސްބުކް ލައިވް ބައްލަވާ ލެވުމަށް

https://www.facebook.com/UngoofaaruUfaa/videos/1808812056212429

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *