އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ ނުވަވަނަރޭގެ ފުރަތަމަ މެޗް، މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ރޭ ބައްދަލުކުރީ ޕޮލިސް އަދި ބީސީ ބޯއީސް އެވެ. ޕޮލިސް ސެމީން ޖާގަ ހޯދީ ގްރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ބީސީ ބޯއީސް ފަހުވަގުތު ސެމީން ޖާގަ ހޯދީ ގުރޫޕް ބީ ގެ ދެވަނަ ޓީމްގެ ގޮތުގައެވެ.
މެޗެއްގައި ފެނިގެންދާނެ ފޯރިގަދަ ހުރިހައި ކަމެއް ފެނިގެން ދިޔަ މިމެޗްގައި ފުރަތަމަ ލަނޑު ޖަހައި ލީޑްނެގީ ޕޮލިސް އެފްސީއެވެ. ބީސީން ނަތީޖާހަކުރި ފަހުން ޕޮލިސްވަނީ އިތުރު ލަނޑެއް ޖަހާ ހާފު ނިމުމުގެ ކުރިން ދެވަނަ ފަހަރަށް ލީޑް ނަގާފައެވެ. ފަހުހާފުގެ އަށްވަނަ މިނެޓްގައި ޕޮލިސް ވަނީ ތިންވަނަ ލަނޑު ޖަހާ ލީޑް ފުޅާ ކޮށްފައެވެ. ދޫނުދީ ހިތްވަރާއެކު ކުޅެމުންދިޔަ ބީސީން ވަނީ ފަހަތުންއަރާ 3 ލަނޑުޖަހާ ޕޮލިސް މައްޗަށް ލީޑު ނަގާފައެވެ. މެޗްނިމެން ސިކުންތު ކޮޅަކަށްވެފައި ވަނިކޮށް ޕޮލިސް ޓީމަށް ލިބުނު ހިލޭޖެހުމެއްގައި އެޓީމުން ވަނީ ހަތަރު ވަނަ ލަނޑު ޖަހާ މެޗުގެ ނަތީޖަ ހަމަހަމަ ކޮށްފައެވެ. މެޗު ނިމިގެން ދިޔައީ މިނަތީޖާއިން ނެވެ.
ޕޮލިސް ޓީމަށް އެންމެ ޕެނަލްޓީ އެއްވެސް ކާމިޔާބު ނުކުރެވި ޕެނަލްޓީ ޝޫޓް އައުޓްގައި ބީސީން ކުރިހޯދީ މިފްރާހް އާތިފް އަދި ފައުޒާންގެ ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ.
މެޗްގެ މޮޅު ކުޅުންތެރިއާގެ މަޤާމު ހޯދީ ބީސީ ބޯއީސްގެ އާތިފް އިޤްބާލްއެވެ.
މުބަރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދާރޭ 20:30 ގައެވެ.
މިމެޗްގެ ފޭސްބުކް ލައިވް ބައްލަވާ ލެވުމަށް
https://www.facebook.com/UngoofaaruUfaa/videos/1444386592887869