502
0

ފަހުވަގުތު ކޭޑީ ރޮށްވާލައި ޑީކެޑްސް ފައިނަލަށް

502
0

އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ ނުވަވަނަރޭގެ ދެވަނަ މެޗް، މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ރޭ ބައްދަލުކުރީ ޑީކެޑްސް އަދި ކޭޑީ އެފްޓީއެވެ. ޑީކެޑްސް ސެމީން ޖާގަ ހޯދީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ކޭޑީ އެފްޓީ ސެމީން ޖާގަ ހޯދީ ގުރޫޕް އޭ ގެ ދެވަނަ ޓީމްގެ ގޮތުގައެވެ.

ނޭވާ ހިފަހައްޓާލައިގެން ތިބެންޖެހުނު ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެވެސް އެންމެ ފަހު ވަގުތުކޮޅުގައި ޑިކެޑްސްއަށް ޖަހައިދިނީ މެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމުވެސް ހޯދި މުހައްމަދު ސާއިފްއެވެ.

މުބާރާތުގެ ފައިނަލްގައި ބައްދަލުކުރާނީ ޑީކެޑްސް އަދި ބީސީ ބޯއީސްއެވެ. ގްރޫޕް ބީގައި ހިމެނުނު މިދެޓީމް މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކޮށް 3-2 ން މެޗް ކާމިޔާބު ކޮށްފައިވަނީ ޑީކެޑްސްއެވެ.

މުބަރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދާރޭ 20:30 ގައެވެ.

މިމެޗްގެ ފޭސްބުކް ލައިވް ބައްލަވާ ލެވުމަށް

https://www.facebook.com/UngoofaaruUfaa/videos/5616238701833058

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *