111
0

ބޮޑުތަފާތަކުން ބީސީ ބަލިކޮށް ޑީކެޑްސް ތަށި އުފުލާލައިފި

111
0

އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ ޗެމްޕިއަންކަން ޑީކެޑްސް ހޯދައިފިއެވެ. ޑީކެޑްސް ޗެމްޕިއަންކަން ހޯދީ މާޗް 4 ވީ ހޯމަ ދުވަހުގެރޭ ކުޅެވުނު ފައިނަލްގައި ބީސީ ބޯއީސް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޑީކެޑްސް އަށް ލަނޑު ތައް ޖަހައިދިނީ ޔާސީން ފިރާޤް 3 ލަނޑު އަދި އަހުމަދު ނާހިދު (ނާޑް) 2 ލަނޑެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ޑީކެޑްސްގެ ޔާސީން ފިރާޤްއެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ބީސީ ބޯއީސްގެ އަލީ ފައުޒާންއެވެ. މުބާރާތުގެ ޓޮޕް ސްކޯރަރ އަކަށް ހޮވިފައިވަނީ ޒެގް ގެ އިސްމާއީލް އަހުމަދެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޑީކެޑްސްގެ ކޯޗް ތާހާ ހަނީފްއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ކޭޑީގެ މުހައްމަދު އިސާން (ޝަންޓޭ) އާއި އަބްދުއްސަދާދު އާދަމް (ދާދު) އާއި ޑީކެޑްސްގެ އަހުމަދު ބައްސާމު މުހައްމަދު ނައީމް (ބައްކު) އާއި މުހައްމަދު ސާއިފް ގެ އިތުރުން ޕޮލިސް އެފްސީގެ އަލީ ނަޒްމީއެވެ. މުބާރާތުގެ ކިންގް އޮފް ދަ ޓޯނަމަންޓް އަކަށް ހޮވިފައިވަނީ ޑީކެޑްސްގެ އަހުމަދު ބައްސާމު މުހައްމަދު ނައީމް (ބައްކު) އެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަކީ ބީސީ ބޯއީސް އެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *