709
0

ވެސްޓް ބީޗް ބްލޮކްގެ ބިޑިން ޕްރޮސެސް ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރެއް ނުދިން

709
0

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ކުރިމަތިން ވެސްޓް ބީޗް ރެސްޓޯރަންޓް ހުރި ބްލޮކްގެ ބިންތަކާއި އިމާރާތްތައް 2 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް އުނގޫފާރު ކައުންސިލުން ކުރިއަށްގެންދާ މަސައްކަތާއި ގުޅިގެން، ވެސްޓް ބީޗް ހުރިބްލޮކުގެ ބިންތައް ދޫކޮށްފައިވާ އަދި ބިންތަކުގައި ވިޔަފާރި ކުރަމުންދާ ބައެއް ފަރާތްތަކުން އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހުށައަޅާފައިފާ މައްސަލަ ނިމެންދެން، ބިޑިން ޕްރޮސެސް ހުއްޓުވައި ދިނުމަށް އެދުނު ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް އެކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލާގައި އެފަރާތްތަކުން އެދިފައިވަނީ ބިންތަކުގެ މުއްދަތު 30 ސެޕްޓެމްބަރު 2023 ނިޔަލަށް ހަމަވެފައިވަނިކޮށް، މުއްދަތު ހަމަވެފައިވެފައިވާ ބިންތައް އިތުރު 18 މަސްދުވަހަށް އެފަރާތްތަކަށް ކުއްޔަށު ދިނުމަށު އުނގޫފާރު ކައުންސިލުނު ނިންމާފައިވާކަމަށް އަންގައި އެމުއްދަތުގައި ބިނު ބޭނުންކުރަން އެދޭނަމަ 11 އޮކްޓޯބަރ 2023 ގެކުރިން ލިޔުމުން އުނގޫފާރު ކައުންސިލަށް ހުށަހެޅުމަށް 3 އޮކްޓޯބަރ 2023 ގައި އަންގައި، އެފަރާތްތަކަށް ފޮނުވި  ސިޓީއަށް އިޖާބަދީ ޢަމަލުކޮށްފައިވަނިކޮށް އުނގޫފާރު ކައުންސިލުން ކުލީ ބިންތައް ވަގުތީގޮތުން 12 މަސްދުވަހަށް ކުއްޔަށް ދިނުމަށް އުނގޫފާރު ކައުންސިލުން އަލުން ނިންމާ އެއްބަސްވުމުގައި ސޮއިކުރުމަށް 7 ފެބްރުއަރީ 2024 ގައި ޙާޟިރުވުމަށް އެންގުމަށްފަހު ސޮއިކުރަން އޮތް ދުވަހު ސޮއިކުރުން މަޑުޖައްސާލައި، 18 ފެބްރުއަރީ 2024 ގައި އުނގޫފާރު ކައުންސިލުން އެފަރާތްތަކަށް ފޮނުވި ސިޓީގައި ކުލީ ބިންތައް 3 މަސްދުވަހުގެ ތެރޭގައި ހުސްކުރުމަށް އަންގާފައިވާތީ އާއި އުނގޫފާރު ކައުންސިލުން އެފަދައިން އަންގާފައިވަނީ ލޯކަލް ކައުންސިލްތަކުގު ޢާންމު އިޖުރާއީ ޤަވާއިދުގެ 69 ވަނަ މާއްދާއާއި ޚިލާފަށް އެފަރާތްތަކުގެ ޙައްޤު ގެއްލޭގޮތަށް ކަމުގައި ދެކޭތީވެ، 30 ސެޕްޓެމްބަރު 2023 ގެ ނިޔަލަށް މުއްދަތު ހަމަވިފަހުން، މުއްދަތު ހަމަވެފައިވާ ބިންތައް ވިޔަފާރިކުރުމަށް 18 މަސްދުވަހަށް ކުއްޔަށް ދިނުމަށް އުނގޫފާރު ކައުންސިލުން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ޢަމަލުކުރުމަށް އުނގޫފާރު ކައުންސިލުގެ މައްޗަށް ޢަމުރުކޮށްދިނުން ނުވަތަ 18 މަސްދުވަހަށް ކުއްޔަށް ދިނުމަށް އުނގޫފާރު ކައުންސިލުން ނިންމި ނިންމުމުގެ މައްޗަށް ބަރޯސާވެ އެފަރާތްތަކުން ވިޔަފާރިކުރުމަށް އިތުރު މުދާ ގަތުމަށް ކުރިހަރަދުގެ އަދަދަށްވާ ފައިސާ، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކީ އެއްފަހަރާ ދެއްކުމަށް އުނގޫފާރު ކައުންސިލްގެ މައްޗަށް ޢަމުރުކޮށްދިނުމަށެވެ.

މިމައްސަލާގައި ކޯޓުން އިއްވާފައިވާ ހުކުމުގައި ވަނީ، އިޤްތިޞާދީ މަސައްކަތްތަކާއި ވިޔަފާރީގެ ގޮތުގައި ބޭނުންކުރުމަށް މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާއިން އެފަރާތްތަށް ކުއްޔަށްދީފައިވާ ކުލީ ބިންތައް 18 މަސްދުވަހަށް ކުއްޔަށްދިނުމަށް މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާއިން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް އަމަލުކުރުމަށް މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށް އެދި ހުށަހެޅިފައިވާ މައްސަލާގައި ޝަރީޢަތުން ވަކިގޮތެއް ކަނޑައަޅަންދެން ވެސްޓްބީޗް ރެސްޓޯރަންޓް ބްލޮކް ހިމެނޭ ސަރަހައްދުގައި ހުރި އިމާރާތްތައް ބިޑު އުސޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދިނުމަށް މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލުގެ އިދާރާގެ ނަންބަރ/303/2024/29ުުުISS303-(IUL) އިއުލާނާ ގުޅޭ ބަޔާންވެދިޔަ ބްލޮކުގައި ހިމެނޭ ކުއްޔަށް ދޫކޮށްފައިވާ ބިމުގެ ބިޑް ޕްރޮސެސް މިހިނދަށް ހުއްޓުމަކަށް ގެނައުމަށް އަންގައި އަމުރުކޮށްދިނުމަށް އެދިފައިވާ ގޮތަށް މިހިނދަށް މި އަމުރު ނެރެދެވެން ނެތްކަމަށެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *